ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފައި ވަނީ "ދިވެހީންގެ ބޭންކް މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާޑު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީެވެ.

ބީއެމްއެލް އިން ބުނީ، މި ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ ކަމަށެވެ. އެގޮތުން ދުވާލަކު ބީއެމްއެލްގެ އޭޓީއެމް އަކުން 3,200 ޑޮލަރު ނެގޭނެ ކަމަށާއި އައި ރާއްޖެއިން ބޭރުގެ އޭތީއެމްއަކުން ފައިސާ ނަގާނަމަ ދުވާލަކު 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. ވިސާގެ ބައިނަލްއަގްވާމީ އޮފާތަކާއި24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް ވެސް އެ ކާޑު މެދުވެރިކޮށް ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަލަށް ތައާރަފް ކުރި ވިސާ ޑެބިޓް ޕްލެޓިނަމް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާ ވެސް ލިބޭނެ ކާޑެއް ކަމަށެވެ. އަމާޒަކީ ކަސްޓަމަރުންނަށް އިންޓަނޭޝަނަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް ދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ. މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރެވުނު ކާޑެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ކާޑަށް މިހާރު ވެސް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތް ކުރެވޭ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ އިނާޔަތް ލިބިގެން ދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.