ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ފިނޭންސް މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްވަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސް މުއިއްޒު ގުރައިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ގުރައިދޫގައި އަޅާ އެއާޕޯޓަކީ ގުރައިދޫއަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް ކަމަށެވެ. އަދި ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކައި މިހާރު ނިމިފައިވާކަމަށާއި، އެހެންކަމުން 22 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ގުރައިދޫގައި އެއާޕޯޓު ހެދުމަށް 13.80 ހެކްޓަރުގެ ބިން އެމްޓީސީސީން ވަނީ ހިއްކާފައެވެ. މީގެއިތުރުން 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއ،ި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ގުރައިދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެއާޕޯޓުގެ މަސައްކަތް ބަޖެޓުގައި ނެތް ނަމަވެސް އެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެމަނިކުފާނު އޮތީ ވައުދުވެވަޑައިގެންފަ އެވެ.
2,272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫ އަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރަމުން އަންނަރަށެކެވ.ެ މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަމާއ،ި ދަނޑުވެރިކަމާއ،ި ފަން ވިޔުމުގެ އިތުރުންފަތުރުވެރިކަމުގެ ދާއިރާގައިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ގުރައިދޫގައި ގިނަ އަދަދެއްގެ ފިހާރަތަކާއި އެކި ކަހަލަވިޔަފާރިތައް ކުރިޔަށް ދާތ،ީ މި ރަށް ވެފައިވަނީ މި ހިސާބުގެ ވިޔަފާރީގެ ހަބަކަށެވ.ެ ރަށުގައި އެއާޕޯޓެއް އޮތުމަކީ އެ ރަށު ރައްޔިތުންގެ ދުވަސްވީ ބޮޑު ހުވަފެނެކެވެ.
