ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ އެ ސެންޓަރުގައި ފޯނު ގެންގުޅޭކަަމަށް ޝައްކު ކުރެވިގެން، އެކަމާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބްލިޓޭޝަން ސެންޓަރަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެ ވަބާއިން ސަލާމަތް ކުރުމަށް ހާއްސަ ޕްރޮގްރާމްތައް ހިންގާ ސެންޓަރެކެވެ.