ހދ. ކުމުންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ކުމުންދޫ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތާއި، ކުމުންދޫ ޕޮލިސް ޕޮސްޓުގެ އަމަލީ މަސައްކަތްވަނީ ފަށާފައެވެ،

އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ދާ މި މަޝްރޫއުގެ ދަށުން އެ ރަށު ސިއްހީ މަރުކަޒުގެ 7,800 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މީގެއިތުރުނ،ް ބިންގަނޑު ކޮނުމާއި، މޭސަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އަދި ދަވާދުލުމާއ،ި ދަގަނޑު މަސައްކަތްތަކާ، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތާ، ކަރަންޓު ވަޔަރު ކުރުމާ،ި މެޑިކަލް ގޭސް ސިސްޓަމެއްހަރުކުރުމުގެ އިތުރުން އެއާ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމާ، އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ 27.26 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ.

މީގެ އިތުރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުމުންދޫގައި 1600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރެވޭއިރު ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއްވެސް ގާއިމުުކުރެވޭނެއެވެ. މި މަޝްރޫއަކީ 2.20 މިލިއަން ރުފިޔާއަށް 150ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.