ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ފިރިހެނެއް ކަމަށާއި އެ މީހާގެ ހަށިގަނޑު އޮތީ "ޑީކޮމްޕޯސް" ވެފައި ކަމަށެވެ.
މިހާތަނަށް އެ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެއީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ އެ މީހާގެ އައިޑެންޓިޓީ ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މަރުވެފައި އޮތް އެ މީހާ ފެނިފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ވޯޓާ ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން އިއްޔެގެ ވަގުތެއްގައެވެ.