އަމާން އުދަރެސް ޓަވަރަކުން 20 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައިވަނީ ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާއިންނެވެ.
މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވަމުން ދާއިރު، ވީޑިއޯ އިން ފެންނަ ގޮތުގައި އެ ސަރަހައްދުން މީހުން ދުރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މިފަދަ ހާދިސާތައް މީގެކުރިން ވެސް ހިނގާފައިވާއިރު، ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ހެނދުނު ވަނީ އުމުރުން 16 އަހަރުގެ ކުއްޖަކު ވެސް އަމާން އުދަރެސް ފްލެޓަކުން ވެއްޓިފައެެވެ.
އަމާން އުދަރެސް ދެވަނަ ޓަވަރުގެ 3 ވަނަ ފަންގިފިލާއިން ވެއްޓުނު 16 އަހަރުގެ ކުއްޖަކީ ދިވެހި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ ދައްތަ "ދަ ޕްރެސް"އާ ވާހަކަ ދައްކަމުން ބުނީ، ކުއްޖާ ވެއްޓުނީ ޑޮކްޓަރަށް ދެއްކުމަށްފަހު އިންޑިއާއިން އައިސް އެނބުރި ރަށަށް ދާން އޮތް ދުވަހު ކަމަށެވެ.
މި ކުއްޖާއަށް އިންޑިއާގައި މިހާރު ދަނީ އިތުރު ފަރުވާދެމުންނެވެ.
