"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އިފްތިތާހު ކޮށްފިއެވެ.
މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައުދީ އެވެ.
މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ޔަންމާ ސްޕެއާޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަޒަމާންވީ އިތުބާރާއި ޔަގީންކަން ދެމެހެއްޓުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން މި މުއްދަތުގައި ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު މި ޕްރޮމޯގައި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ 2 ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
"ޔަންމާ ސްޕެއާ ޕްރޮމޯ 2025" އަމާޒުކޮށްފައިވާނީ އޮޑިވެރީންނާއ،ި މަސްވެރީންނާއ،ި އިންޖިނިއަރުންނާއ،ި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށް ވެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައ،ި އުޅަނދުފަހަރުގެ އިންޖީނުގެ ސާވިސް އިންސްޕެކްޝަން ކުރިއަށް ގެންދިއުމާއ،ި މެއިންޓެނެންސްއާއި ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއ،ި އިންޑަސްޓްރިއަލް ސައިޓްތަކާއިއޮޑިހަރުގެތަކަށް ޒިޔާރަތް ކުރުން ހިމެނެއެވެ.
އެމްޓީސީސީން ދަނީ ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއ،ި އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއ،ި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގަމުންވެ.