ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް އަޕްގްރޭޑް ކޮށްގެން މެލޭޝިއާގެ ކުއަލަ ލަމްޕޫރަށް ދިއުމުގެ ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފިއެވެ.
އުރީދޫ އިން ބުނީ އުރީދޫ ކްލަބް ޕްރީމިއާ މެމްބަރަކަށްވެ މި ނަސީބުވެރިއަށް ވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޕޯސްޓްޕެއިޑް ނުވަތަ ސުޕަނެޓް ޕްލޭން 1000ރ. އިން މައްޗަށް އަޕްގްރޭޑުކޮށް ކްލަބް ޕްރީމައާގެ ތަފާތު އޮފާތައް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ މި އޮފާ ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އަލަށް އުރީދޫގެ ކްލަބް ޕްރީމިއާ މެމްބަރަކަށްވާ ފަރާތްތަކާއި މިހާރުވެސް ކްލަބް މެމްބަރުންނަށް މި ނަސީބުވެރި ޓިކެޓު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ އިން ބުނީ މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ އެއާ ލައިނެއް ކަމަށްވާ ފިޓްސް އެއާގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ވަނީ ނިމިދިޔަ ރޯދަ މަހަށް ތައާރަފު ކުރި ކަރާ ފެޅުން ގޭމާއި ގުޅިގެންވެސް މަލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓު ނަސީބުވެރި ފަރާތަކަށް ދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ އިން ދަނީ އުރީދޫގެ ކަސްޓަމަރުންނަށް މިފަދަ ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި ދުވަސްވަރު މަތިން ދެމުންނެވެ. އެގޮތުން އުރީދޫ އިން މިހާރުވެސް ވަނީ އުރީދޫގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައެވެ.