ދިވެހި ފުލުހުން ހިދުމަތުގެ އިދާރީ ހިންގުމުގައި ހިމެނޭ 9 ބަހާއެއްގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން ވަނީ ކަނޑައަޅާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެއެވެ.

ބަދަލު ގެނެސްފައިވާ ބަހާތަކުގެ ތެރޭގައި އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް، ތިލަމާލެ ޕޮލިސް، ޓްރެފިކް ޕޮލިސް ސްޕެޝަލިސްޓް، ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބަހާތަކަށް ގެނެސްފައިވާ ބަދަލުތައް:

  1. ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު
  2. ހެޑް އޮފް ޑްރަގް އެންފޯސްމަންޓް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް
  3. ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހް
  4. ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު
  5. ހެޑް އޮފް ތިލަމާލެ ޕޮލިސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު
  6. ހެޑް އޮފް ޓްރެފިކް ޕޮލިސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން
  7. ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު
  8. ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑާޑްސް އެންޑް ޑިވޮލަޕްމަންޓް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް
  9. ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން