ތ. ވޭމަންޑޫއިން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ވޭމްނަޑުއިން މާލެ ގެނައި ބަލި މީހާ ޕޮޒިޓިވް ވުމުގެ ސަބަބުން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް މިހާރު އެރަށް އޮތީ މޮނިޓަރިން އަށް ލާފައެވެ.
އެންމެ ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށީ މާލެ ސަރަހައްދުގައި ކަމަށް ވިޔަސް މިފަހަކަށް އައިސް އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ކޮވިޑް ފެތުރެމުން ދާ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، އަތޮޅުތެރޭގައި 1000 އެއްހާ އެކްޓިވް ކޭސް އުޅޭއިރު ގިނަ ރަށްތަކެއް މޮނިޓަރުންގެ ހާލަތުގައި އޮތްކަން ފާހަގަ ކޮށްލެވެއެވެ.
މޮނިޓަރިންގައި ހުރި ރަށްތައް:
- ކ. ހުރާ
 - ކ. ދިއްފުށި
 - ޅ. ނައިފަރު
 - ޅ. ފެލިވަރު
 - ޅ. އޮޅުވެލިފުށި
 - ޅ. ކުރެންދޫ
 - އދ. މާމިގިލި
 - ތ. ވިލުފުށި އަދި
 - ތ. ވޭމަންޑުއެވެ.
 
ފާއިތުވި ދެތިން ހަފްތާގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.
