މޯލްޑިވްސް ޑިމޮކްރެޓިކް ކާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބުތަކުގެ ތެރެއިން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް އެމްޑީޕީން ބުނެއެވެ.
އިންތިހާބަށް ހުޅުވާލާފައިވާ މަގާމުތަކަކީ:
- އަތޮޅު އަދި ސިޓީތަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލީސް މެންބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސާ
- ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކެޓްރީން
- ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކެޓްރީން
- ރަށު އަދި ސިޓީ ދާއިރާތަކުގެޒުވާނުންގެ ސެކެޓްރީން
- އަންހެނުންގެ ރޫހުގެ ރައީސް
- އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން
- ޒުވާނުންގެ ހިތްވަރުގެ ރައީސް
- ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން
އެމްޑީޕީން ބުނީ މި މަގާމުތަކަށް ކުރިމަތިލެވޭނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 14:00 އަށް ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.
ފޯމު ހުށަހަޅަންޖެހެނީ ޕާޓީގެ 'ޔެލޯ އެޕް' މެދުވެރިކޮށް މި މަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރިންކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި ގައުމީ މަޖިލީހުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 1،000 ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
