އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގެ ސޭފްޓީ ވެއްޓި ގެއްލުންތަކެއް ވެއްޓިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގެ ސޭފްޓީ ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 17:06 ފުލުހުންނަށް ލިބިފައިވާކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންވެފައިވާކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތްތަކަށް ކުދި އަނިޔާލިބިފައިވާކަމަށާއި ނަމަވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން ދާކަމަށެވެ.

މިފަދަ ހަދަމުންދާ އިމާރާތްތަކުން މީގެކުރިން ވެސް ތަކެތި ވެއްޓި މީހުންނަށް އަނިޔާވެފައި އެބަ ހުއްޓެވެ.

މިފަދަ އިމާރާތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ނޫންކަމަށް ބުނެ ގިނަ ފަރާތްތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.