ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބާޝިޕް 100,000 އަށް އަރައިފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަށް އަރާފައިވަނީ މިއަދުއެވެ.
ޕީއެންސީގެ މެމްބާޝިޕް 100,000 އަށް ގެންދިއުމަކީ ޕާޓީގެ ލީޑަޝިޕުން ކަނޑައަޅާފައިވާ އަމާޒެކެވެ. އެގޮތުން، ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މީގެ ކުރިން ވިދާޅުވެފައިވަނީ، އަހަރު ނިމުމުގެ ކުރިން ޕީއެންސީގެ މެމްބާޝިޕް 100,000 އަށް ގެންދިއުމަށް ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައިވާ ކަމަށެވެ.
އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޕާޓީގެ ކޮންގްރެސްއާ ދިމާކޮށް މެމްބާޝިޕް 80,000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ފަލާހް ވިދާޅުވީ ޕީއެންސީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގާތްގަނޑަކަށް 3000 އެއްހާ މީހުންގެ މައްޗަށް އެކުލެވޭ ޕާޓީއެއްކަމަށެވެ.
ސިޔާސީ ޕާޓީތައް އުފެދިފައި މިވަނީ މި ގައުމަށް ކުރިއެރުމާއި ލާބައާ މަންފާ ހޯދައިދިނުމުގެ މަތިވެރި މަގުސަދުގައިކަން ފާހަގަކުރަމުން ފަލާހް ވިދާޅުވީ ޕީއެންސީ މިހާ ހިސާބަށް ގެނައުމަށް ރައީސް މުއިއްޒު ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
