ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ ޒުވާން އަންހެން މީހާ، އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލެވެ. މާލޭގައި ދިރިއުޅެމުންދާ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އާއިލާއިން އޭނާ ހޯދުމަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މާއީ ވަނީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، އެ ސްޓޭޝަނަށް ހާޒިރުވެފައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މާއީގެ ހާލު ރަނގަޅެވެ. އަދި އޭނާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.
