ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ދިވެހި އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، މަރްޔަމް މާއީ ޖަމީލް (25އ) ކަމަށެވެ. މާއީ އަކީ މިހާރު މާލޭގައި ދިރިއުޅެމުންދާ މީހެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި ރިޕޯޓާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމުަށް ފުލުހުން ވަނީ އެދިފައެވެ.