އުރީދޫ މަސްރޭސް މިއަދު ކ. މާފުށީގައި ފަށައިފިއެވެ.

14 ޓީމާއެކު މިއަދު މާފުށީގައި ފެށި މަސްރޭހުގެ ޗެމްޕިއަން ހޮވުން މިރޭ ކުރިއަށްދާނެކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.

އުރީދޫ މަސްރޭސް ހަރަކާތަކީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތެވެ. މިއަހަރުގެ މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކުއެވެ.

މި އަހަރުގެ މަސްރޭހުގެ އިނާމުތައް ކަނޑައެޅިފައިވާގޮތަށް ބަލާއިރު؛

  • ޗެމްޕިއަން ޓީމަށް: 25،000 ރުފިޔާ
  • ދެވަނަ ޓީމަށް: 10،000 ރުފިޔާ
  • ތިންވަނަ ޓީމަށް: 5،000 ރުފިޔާ

މީގެއިތުރުން އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސް ބާނާ ފަރާތަށް: 1،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކޮށްދޭ ހަރަކާތެކެވެ.