މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" (ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑު) ގައި އަޅާ އޮޑިފޯނި ފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަމަޖައްސައިފިއެވެ.
މީގެ ކުރިން ނޯތު ހާބަރުގެ "އޭ ޒޯން" އިން ފެނާއި ކަރަންޓުގެ ހިދުމަތް ނުލިބެއެވެ. ކުރިން މި ހިދުމަތް ދެމުން އައީ "ބީ ޒޯން"ގެ އިތުރުން "ސީ ޒޯން"ގައެވެ.
ނަމަވެސް އެމްޕީއެލްއިން މިއަދު ބުނީ، މާލެ ނޯތު ހާބަރުގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭނެ ނިޒާމު ގާއިމު ކުރުމަށް އެކުންފުނިން ކުރިއަށް ގެންދިޔަ މަސައްކަތް ފުރިހަމަ ކުރުމަށްފަހު، "އޭ ޒޯނުން" ފެނާއި ކަރަންޓުގެ ހިދުމަތް މިއަދުން ފެށިގެން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެމްޕީއެލްއިން އެ ހިދުމަތް ފޯރުކޮށްދިނުމުގެ ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ރައީސް އެންގެވުމުގެ މަތިން ފެށި ނިންމާފައިވާއިރު ނޯތު ހާބަރުގެ އޭ ޒޯނުން ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ މާލެ ނޯތު ހާބަރު ބޭނުން ކުރާ އޮޑި ދޯނި ފަހަރަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާ ކަމެއް ކަމަށާއި މިހާރު އޭ ޒޯނުން އެއް ފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި ފެން ފޯރުކޮށްދޭ 16 ޕޮޮއިންޓް އެ ސަރަހައްދުުުގައި ގާއިމުކޮށްފައިވާ ކަމަށް ވެއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމު ކުރުމަށް މާލެ ނޯތު ހާބަރު އަދި އެ ކުންފުނީގެ ކަމާއި ގުޅުންހުރި ޑިޕާޓްމެންޓްތަކުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
