މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގައި މުބާރާތުގައި މީގެ ކުރިން ދުވަހަކު ވެސް ވާދަނުކުރާ ކިއުރެސާއޯއާ ޖާމަނީ ކުޅުނު މެޗު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޖާމަނީ ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ހިއުސްޓަންގައި ކުރިއަށްދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖާމަނީންނެވެ. މިގޮތުން، އެލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފީލިކްސް މެޗާއެވެ.

މިމެޗުގައި ދެން ފެނިގެން ދިޔައީ ތާރީހީ ގޯލެކެވެ. އެއީ ފީފާގެ ތާރީހުގައި ވެސް ވޯލްޑްކަޕް މުބާރާތެއްގައި ބައިވެރި އެންމެ ކުޑަ ގައުމުުން ޖެހި ފުރަތަމަ ލަނޑެވެ. ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކުރި ޖާމަނީ ސިއްސުވާލާ ކިއުރެސާއޯއަށް މިލަނޑު ކާމިޔާބުކޮށް ދިނީ ލިވާނޯ ކޮމެންއެންސިއާއެވެ.

ކިއުރެސާއޯގެ ތާރީހީ ލަނޑު ޖަހާ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ނަތީޖާ 1-1 ގައި 17 މިނެޓް ވަންދެން ކިއުރެސާއޯ ހިފެހެއްޓިއެވެ. އެހެން ނަމަވެސް، ޖާމަނީއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އަނބުރާލާފައެވެ. އަދި ފުލުފުލުގައި ދެލަނޑު ޖަހާ ނަތީޖާ 3-1 އަކަށް ހެދިއެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ނިކޮލާއި ޝްލޮޓާބެކްއާ ފޯވަޑް ކައި ހަވާޓްޒެވެ. ހަވާޓްޒަގެ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ދެވަނަ ހާފް ފެށިތަނާ ހެން ޖާމަނީއިން ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މިލަނޑު ޖާމަނީއަށް ކާމިބުކޮށް ދިނީ ބަޔާންގެ އުއްމީދީ ފޯވަޑް ޖަމާލް މުސިއާލާއެވެ.

އޭނގެ 21 މިނެޓް ފަހުން ޖާމަނީ ޑިފެންޑަރުގެ ޑިފެންޑަރު ނަތާނިއަލް ބްރައުން ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގައި ޖާމަނީގެ 6 ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓްގައި ޖަހާ ދިނީ އޭނގެ ކުޑަ އިރުކޮޅެއް ކުރިން ދަނޑަށް އެރި ޑެނިސް އުންޑާވްއެވެ. މިމެޗުގެ ނަތީޖާ 7-1 އަކަށް ހަދާ ދިނީ ފޯވަޑް ކައި ހަވާޓްޒެވެ.

ކައި ހަވޭޓްޒް ވަނީ މިމެޗުގައި ދެލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މި ނަތީޖާއާއެކު ޖާމަނީ މިވަނީ ގްރޫޕް އީގެ ތާވަލުގައި ހަމަޖެހިލާފައެވެ.

މި މުބާރާތުގައި މިރޭ ދެން ކުޅޭނީ ނެދެލޭންޑްސް އަދި ޖަޕާނެވެ. ގްރޫޕް އެފްގެ މިމެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރެވެ.