އުރީދޫ މޯލްޑިވްސްގެ ލިވް އަންލިމިޓެޑް އަހަރީ ކެމްޕޭނުގެ ގްރޭންޑް ޕްރައިޒް ކަމަށްވާ ހައްޖު ދަތުރު ހޯދުމަށް ބައިވެރިވުމަށް ބާކީ އޮތީ އެންމެ 5 ހަފްތާ ކަމަށް، އެ ކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 2025 ވަނަ އަހަރު ފެށި މި ކެމްޕޭނުގެ ދަށުން، ކޮންމެ 20 ދުވަހަކުން އެއްފަހަރު 19 ފަރާތަކަށް އުމްރާ ދަތުރު ދިނުމަށް ހަމަޖެހިފައިވެއެވެ. ކެމްޕޭނުގެ ނިންމުމުގެ ގޮތުން، 20 ވަނަ ނަސީބުވެރިޔާ ކަމަށް ހޮވޭ ފަރާތަކަށް ދެ މީހަކަށް ހައްޖު ދަތުރުގެ ގްރޭންޑް ޕްރައިޒް ލިބިގެންދާނެއެވެ.

ގުރުއަތުލުމުގައި ބައިވެރިވުމަށް ކަސްޓަމަރުން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކަކީ:

  • ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް 250 ރުފިޔާއަށްވުރެ ގިނައިން ހަރަދުކުރުން
  • އާ ކަސްޓަމަރުންނަށް 400 ރުފިޔާއަށްވުރެ މަދުނޫން އަދަދަކަށް ބިލް ދެއްކުމަށް ނުވަތަ އެޑް-އޮންތަކަށް ހަރަދުކުރުން
  • ފާއިތުވި 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު އުރީދޫގެ ހިދުމަތްތައް (ކޯލް ނުވަތަ ޑޭޓާ) ބޭނުންކުރުން
  • ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރަކަށް ވާންޖެހޭ

ގުރުއަތުލުމަށް ބާކީ 45 ދުވަސް ހުރި ކަން ފާހަގަކޮށް، އުރީދޫގެ ހިދުމަތްތައް ފުރިހަމައަށް ބޭނުންކޮށް، ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ބޮޑުކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ، ކަސްޓަމަރުންނަށް ފައިދާހުރި އަދި އީޖާދީ ހިދުމަތްތައް ފޯރުކޮށްދީ، "ލިވް އަންލިމިޓެޑް" ތަޖުރިބާ ކަށަވަރުކޮށްދިނުމަށް ކުންފުނި ދެމިއޮންނާނެ ކަމަށެވެ.