ރަމަޟާން މަހުގެ ރޭތަކުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ހޯދައިދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން "އަންލިމިޓެޑް ނައިޓް ޑޭޓާ" އޮފާ ތައާރަފްކޮށްފިއެވެ.
އުރީދޫ ސުޕައެޕް މެދުވެރިކޮށް ހާއްސަ ޕެކޭޖުތަކެއް ގަންނަ ކަސްޓަމަރުންނަށް ކޮންމެ ރޭގަނޑެއްގެ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް އަންލިމިޓެޑް ޑޭޓާ ލިބޭނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އުރީދޫ އިން ބުނީ އެންމެ 50 ރުފިޔާއިން ފެށޭ މި ޕެކޭޖުތަކާއެކު، ރަމަޟާން މަހުގެ ވަގުތުތަކުގައި އާއިލާ އާއި ރަހުމަތްތެރިންނާ ގުޅުން ބަދަހިކުރުމަށާ، މެދުކެނޑުމެއްނެތި ސްޓްރީމްކުރުމާއި، ގޭމް ކުޅުމުގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.
މި އަންލިމިޓެޑް ނައިޓް ޑޭޓާގެ ލިބެނީ އުރީދޫގެ ޑޭޓާ ޕެކްތަކާއި، އާޗާ ދަން ދަން ޕެކްތަކުގެ އިތުރުން އޯލް-އިން-ވަން ޕެކްތަކުގެ ތެރެއިން ހޮވާލެވޭ ޕެކޭޖުތަކަކުންކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މިއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނަ އަގުހެޔޮ ޕެކޭޖުތަކެއް ކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އޮފާ ލިބޭ ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ:
- ޑެއިލީ ޑޭޓާ – 50 ރުފިޔާ - 59 ޖީބީ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - 24 ގަޑިއިރަށް ސައްހަ
- އުރީދޫ ޑޭޓާ 200 – 200 ރުފިޔާ - 2.5 ޖީބީ ރެގިއުލާ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އުރީދޫ ޑޭޓާ 500 – 500 ރުފިޔާ - 35 ޖީބީ ރެގިއުލާ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އޯލް އިން ވަން 650 – 650 ރުފިޔާ - 18 ޖީބީ ރެގިއުލާ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އޯލް އިން ވަން 850 – 850 ރުފިޔާ - 30 ޖީބީ ރެގިއުލާ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އޯލް އިން ވަން 1200 – 1200 ރުފިޔާ - 70 ޖީބީ ރެގިއުލާ ޑޭޓާ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އާޗާ ދަން ދަން 500 – 500 ރުފިޔާ - ދުވާލަކު 2 ޖީބީ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އާޗާ ދަން ދަން 600 – 600 ރުފިޔާ - ދުވާލަކު 4 ޖީބީ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
- އާޗާ ދަން ދަން 750 – 750 ރުފިޔާ - ދުވާލަކު 6 ޖީބީ - އަންލިމިޓެޑް ނައިޓް ޑޭޓާ (ރޭގަނޑު 9 އިން 1 އަށް) - ހަތަރު ހަފުތާއަށް ސައްހަ
އުރީދޫއިން ބުނީ މި ހާއްސަ ރަމަޟާން އޮފާގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ރާއްޖޭން ބޭރުގައި ތިބި އާއިލާގެ މެންބަރުންނާ ގުޅުން ބަދަހިކުރުމަށާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބެލުމުގެ އިތުރުން އޮންލައިން ގޭމްތަކުގައި ބައިވެރިވުމަށް ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
ކަސްޓަމަރުންނަށް އުރީދޫ ސުޕާއެޕް މެދުވެރިކޮށް މި ޕެކޭޖުތައް ސީދާ އެކްޓިވޭޓް ކުރެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
