ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އަދި ކުޅަދާނަ ކީޕަރު އިސްމާއިލް ޒަރިޔަންދު ވާދަކުރަން ނިންމާފައިވާ ކަން އިއުލާން ކޮށްފިއެވެ.
މިކަން އިއުލާންކޮށްފައި ވަނީ ޕީއެންއެފުން ރޭ އާޓިފިޝަލް ބީޗުގައި "ރީސެޓް" ނަމުގައި ބޭއްވި ޖަލްސާގަެވެ. ރިސެޓް ކެމްޕެއިންގެ ދަށުން "ދަ ނޭޝަނަލް ކެންޑިޑޭޓް" އެ ޕާޓީން ވަނީ އިއުލާނުކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަ ކުރައްވާނީ އިސްމާއިލް ޒަރިޔަންދު ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު ވިދާޅުވީ، އޭނާ އަށް ހިތްވަރު ދެއްވީ ޔާމީން ކަމަށާއި އޭނާގެ ނަޒަރުގައި އެއީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންސީގެ ޓިކެޓުގައި ޒަރިޔަންދު މާލޭގެ މޭޔަރު ކމަށް ކުރިމަތިލައްވަން ނިންމަވާފައިވާ އިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންއެފްގެ ޓިކެޓުގައި އެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.
މި ދެ ޕާޓީގެ ޓިކެޓްގައި މޭޔަރުކަމަށް އެންމެ ފަރާތެއް ކުރިމަތިލާފައި ވީ ނަމަވެސް އެމްޑީޕީން މާލޭގެ މޭޔަރު ކަމަށް ވާދަވެރި ޕްރައިމަރީއަކަށް ނިކުންނަން ދެ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
