ރާއްޖޭގައި އިންވެސްޓުކުރުމުގެ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާގެ ބޮޑެތި ވިޔަފާރިތައް ހިމެނޭ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު އިސްކޮށް ހުންނެވި މި ވަފުދުގައި ސައުދީގެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރައްވާ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސްވެރިން ވެސް ހިމެނިވަޑައިގަންނަވާކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ބުނީ، މި ދަތުރަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރެއްކަމަށެވެ. އަދި މި ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.
އްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަށް ވެސް ސައުދީ ފަންޑުން ލޯނު އެހީދިފައިވާއިރު ސައުދީއަކީ ރާއްޖޭގެ ތަރައްގީގެ މަޝްރުއުތަކުގައި މުހިއްމު ބައިވެރިއެއްކަން ފާހަގަކޮށްލެވެއެވެ.
