ގދ.ތިނަދޫގެ ގެއަކަށް ވަދެ ޒުވާބުކޮށް، މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތު ފޭޒްލީން، ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ޓިކްޓޮކުގައި މަޝްހޫރު ފޭޒްލީން އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެއަކަށް ވަދެ އިންޒާރު ދިންކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ގޮތުގައި 10،000 ރުފިޔާ ކޯޓުގައި ބަހައްޓައިފިނަމަ ބަންދުން ދޫކޮށްލުމަށް ނިންމާފައެވެ.
މީގެ އިތުރުން ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭގައި ކަފާލާތުގެ ފައިސާ ނުދައްކައިފިނަމަ 15 ދުވަހަށް ބަންދުކުރަން ކޯޓުން ނިންމާފައިވާއިރު، ފުލުހުން ބުނީ ފޭޒްލީން ކޯޓަށް 10،000 ރުފިޔާ ދައްކާފައިވާކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގިނަ އަދަދެއްގެ ދިވެހިން މިހާރު ބޭނުންކުރަމުން އަންނަ ޓިކްޓޮކްގެ ލައިވްތަކުގައި ގިނަ ބަޔަކު ޒުވާބުކޮށް ހަޑިހުތުރު ބަސް ބަހުން މުއާމަލާތު ކުރަމުންއިރު ބައެއް ފަހަރު މިފަދަ މައްސަލަތައް ބޮޑެތި މައްސަލަތަކަށްވެ މާރާމާރީ އާއި ހަމައަށްދާ ހިސާބަށްވެސް ކަންތައްތައް ގޮސްފައިވެއެވެ. މިފަދަ މައްސަލަ މުޖުތަމައުގެ ތެރޭގައި އާންމުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ މިކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

މިހާރު މަށަށް ޖުޑިޝަރީ ސިފަވާކަހަަަލަ ޖޯކެއްގެ ގޮތަށް