އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައެއް ވެއްޓި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމެންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރާތަކަށާއި ޕާކުކޮށްފައި ހުރި 2 ސައިކަލާއި 2 ކާރަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު 1:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅުންހުރި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އިމާރާތުގެ ބައެއް ވެއްޓުނު އެ އިމާރާތަކީ މީގެކުރިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ކްލާސްތައް ހިންގި އިމާރާތަކެވެ. އަދި ބާވެ، އެ އިމާރާތު ހާލަތު ގޯސްވުމާއެކު ގައުމީ ޔުނިވާސިޓީއިން ވަނީ އެ އިމާރާތުގައި ކްލާސްތައް ނެގުން ހުއްޓާލާފައެވެ.