އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގއި ހައްޔަރު ކުރި މީހ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފިއެވެ.

މި މައްސަލަ އަކީ އައްޑޫ، ފުވައްމުލައް، ގއ އަދި ގދ، ހިމެނޭ ދެކުނުގެ ރަށެއްގައި ހިނގާފައިވާ ކަމެކެވެ. އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާއަށް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރުއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ވނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ކަމަށެވެ.

މި މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަންއާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.