ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގުމާއެކު ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތައް ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާގައި ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ބިދޭސީ މީހާގެ ހަށިގަނޑުގެ 75 ޕަސެންޓު ވަނީ ފިހިފައެވެ. އަދި، މިހާރު އެ މީހާ ވަނީ، އިތުރު ފަރުވާއަށް އެ އަތޮޅު ހޮސްޕިޓަލް ހުންނަ ތ. ވޭމަންޑޫއަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އެއްވެސް ކަމާ ގުޅުންހުރި އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.
