ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރެއްގައި މަސްތުގެ ހާލަތުގައި ތިބެ އަޑުގަދަކޮށް، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގި ވަގުތު އެ ދެމީހުން ތިބީ ނިވާކަން ކުޑަ ހެދުމެއްގައި ކަމަށާއި، އަޑުގަދަކޮށް ހަމަނުޖެހުން ހިންގުމުގެ އިތުރުން ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އާންމު މަސްލަހަތު ގެއްލޭ ގޮތަށް ހިންގި މި އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
