ތިނަދޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓާ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާ، އަޕާ ސައުތު ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސްގެ އިތުރުން ތިނަދޫ ސިޓީ ޕޮލިސް ގުޅިގެން ކަމަށެވެ.

މި އޮޕަރޭޝަންގައި ތިނަދޫ ސިޓީގެ ހަތަރު ގެއެއް ބަލައިފާސްކޮށް، ހައްޔަރުކޮށްފައިވަނީ އަޙްމަދު ހާޝިމް (36އ) ގދ. ތިނަދޫ، މިނިވަން އައްސޭރި، އަތޫފް އަހްމަދު (25އ) ގދ. ތިނަދޫ، ވެހަފުލާ، ނާޖިދު އަބްދުﷲ (42އ) ގދ. ތިނަދޫ، ވިލާޑީލައިޓް ގެ އިތުރުން މުހައްމަދު ޝާއިފް ޖަލީލް (18އ)،ގދ. ގައްދޫ / ފުސްފަރާގެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 6.3 ގުރާމް ކަމަށެވެ. އަދިމި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.