ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ހޯދަން ފުލުހުން އާންމުކޮށްފި އެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ހޯދަން އިއުލާންކޮށްފައިވަނީ ށ. ކޮމަންޑޫ، ހިޔަލީގޭ އިބްރާހިމް އަޒުހަދެވެ.
އިއުލާނުގައިވާ ގޮތުން އަޒުހަދު ހާޒިރުވާން ޖެހެނީ މިމަހުގެ 15 ވަނަ ދުވަހު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިނަށެވެ.
ފުލުހުން ބުނީ، ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އަޒުހަދު އުޅޭ ވަކިތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލު ކުރެވިފައިނުވާ ކަމަށެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގާފައި ވެއެވެ.
