ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި މިއަދު ހަވީރު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. މިނިސްޓަރު ވަނީ ލަޝްކަރު ބަލައިފާސްކޮށްދެއްވާ، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
ކޯހުގެ އެންމެ މޮޅު ވަނަތައް ހާސިލުކުރި ދަރިވަރުން:
-
އެންމެ މޮޅު ދަރިވަރު އަދި ހެވިކަމުން އެއްވަނަ ("ކޮމާންޑާ އިސްމާއީލް ދީދީ އެވޯޑް"): ޕްރައިވެޓް މަހުދީ އަހުމަދު (ސނ. 9221)
-
ހަށިހެޔޮކަމުން އެއްވަނަ ("ކޮމާންޑާ މޮޓާ ހަސަން މަނިކު އެވޯޑް"): ޕްރައިވެޓް ރިފާ މުހައްމަދު (ސނ. 8979)
-
އަމާޒަށް ބަޑިޖެހުމުން އެއްވަނަ ("މޭޖާ އިނގިރޭސި އުމަރު މަނިކު އެވޯޑް"): ޕްރައިވެޓް މުހައްމަދު ޝައުން ނާފިއު (ސނ. 8973)
-
މަޒުމޫނު ލިޔުމުން އެއްވަނަ ("މޭޖާ ހުސައިން ޝާކިރު އެވޯޑް"): ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދު (ސނ. 9022)
އެމްއެންޑީއެފް އިން ބުނީ މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު އަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫން ކަމަށެވެ. ވަކިވަކި ޕްލެޓޫންތަކުން އެއްވަނަ ހޯދި ދަރިވަރުން:
- ބްރާވޯ ޕްލެޓޫން: ޕްރައިވެޓް މަރިޔަމް ޝާނީ (ސނ. 9020)
- ޓެންގޯ ޕްލެޓޫން: ޕްރައިވެޓް ރިފާ މުހައްމަދު (ސނ. 8979)
- ޗާލީ ޕްލެޓޫން: ޕްރައިވެޓް އާނިމް މުހައްމަދު (ސނ. 9031)
- ގޮލްފް ޕްލެޓޫން: ޕްރައިވެޓް އައިޝަތު ޝާމިޒް އަޒީޒް (ސނ. 9229)
އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި ކޯހުގައި ޖުމްލަ 116 ދަރިވަރުން ދަސްވެނިވެފައިވާކަމަށާއި، އެއީ 22 އަންހެން ދަރިވަރުންނާއި 94 ފިރިހެން ދަރިވަރުންކަމަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ 2026 މާރިޗު 7 އިން ފެށިގެން ގިރިފުށީގައެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ އަޒުމް ލައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ޑރ. ހުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ޖެނެރަލް އޮފިސަރުންގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ވަނީ ބައިވެރިވެފައެވެ.
