ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އަމާން ދޯދި ފަހެއްގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓި، ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާ ކަމަށް ރޭ 23:14 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެންމެ ފުރަތަމަ އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗްއިން ބުނީ، އަނިޔާވި ކުއްޖާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާިއރު މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.
