މި ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑުކުރުމަށްފަހު، ސިނގިރޭޓަކުން ނަގާ އަށް ރުފިޔާގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، ބިލު މަޖިލީހަށް ތައާރަފްކޮށްފައެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގްތިސޯދީ ގޮތުން މަގުފަހިކޮށްދިނުމެވެ. މި ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 ޕަސެންޓަށް ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ.
މި އިސްލާހުގައި ހިމެނޭ އަނެއް މުހިންމު ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި އުފެއްދުންތަކަށް އާންމުން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ.
2024ގެ ނެވެމްބަރު މަހުން ފެށިގެން ދުންފަތުގެ ބާވަތްތަކާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފައެވެ. މި އިސްލާހުގެ ދަށުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް ވަނީ މަތިކޮށްފައެވެ. އަދި މީގެ އިތުރުން މި ތަކެތިން ނަގާ އެޑްވެލޮރަމް ރޭޓް 50 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ.
މި ބަދަލުތަކާއެކު ބާޒާރުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ. ސަރުކާރުން މި ފިޔަވަޅު އެޅީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު މަދުކުރުމަށާއި، ޒުވާނުން މި ނުރައްކާތެރި އާދައިން ދުރުހެލިކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއްގެ ގޮތުގައި ސަރުކާރުން އޭރު ވަނީ ބުނެފައެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ކުޑަކުރަން ނިންމައި ބިލެއް މަޖިލީހެއް ހުށަހަޅާފައި މިވަނީ ޑަބްލިއުއެޗްއޯއިން
