އެމްޓީސީސީން ގދ. ފަރެސްމާތޮޑާގައި ކުރިއަށްގެންދިޔަ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް ނިންމާލައިފިއެވެ.
މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ފަރެސްމާތޮޑާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމާއި، ދަނޑުގެ ވަށައިގެން ކާނު އެޅުމުގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފުރިހަމަ ކޮށްފައިވާކަމަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ދަނޑަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ރަށުގެ ޒުވާނުންނަށް ފެންވަރު ރަނގަޅު ދަނޑެއްގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ިމި މަޝްރޫއަކީ ޔޫތް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއަކަށްވާއިރު މި މަޝްރޫއު ހަވާލުކޮށްފައިވަނީ 14 ނޮވެމްބަރު 2021 ގައެވެ.
މިއީ 2.40 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ.
