މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ އެތަނުން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 18:20 އެހައިކަންހާއިރު ކަމަށެވެ. އަދި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ވެއްޓިފައި ވަނީ ބިދޭސީއެކެވެ.
ނަމަވެސް އޭނާ ވެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައިނުވެއެވެ. އަދި އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށް ފުލުހުން ބުނެއެވެ.
އަދި އޭނާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވެސް ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވެއެވެ.
