ހުޅުމާލެ ފޭސް 3 ގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މާލެ އޭރިއާ ކޮމާންޑް ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު 17:12 ހާއިރުއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް އިން ހިއްސާކޮށްފައި ނުވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައި ނުވެއެވެ.
ހުޅުމާލޭގައި މިއަދުގެ އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު ރ. އަލިފުށީ ގެއެއްގައި ރޯވެ މީހުން ދިރިނޫޅެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި ހަމަ އެ ރޭ ދަންވަރުގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގައިވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދަންވަރު 02:50 ހާއިރުކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.
