ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހަބަރު ހުސްވެފައި ތިބި ބަޔަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއް ކަމަށާއި، މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށެވެ.
އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.
