މިއަދުގެ ދުނިޔޭގައި ސޯޝަލް މީޑިއާއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ބަޔަށް ވެއްޖެއެވެ. ހެނދުނު ހޭލާ ގޮތަށް އެންމެ ފުރަތަމަ އަތްލެވެނީ ފޯނުގައެވެ. ފޭސްބުކް، އިންސްޓަގްރާމް، ޓިކްޓޮކް ނުވަތަ އެކްސް ފަދަ ވަސީލަތްތަކުން ދުނިޔޭގެ ހަބަރުތަކާއި ރައްޓެހިންގެ ހަބަރުތައް ބަލާލުމަކީ މިހާރު އާދައެކެވެ. ނަމަވެސް، މި ޒަމާނީ ވަސީލަތުގެ ސަބަބުން އަހަރުމެންގެ އާންމު ދިރިއުޅުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ.
އޭގެ ތެރޭގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލަކީ ދޭދޭ ގުޅުމަށް އައި ބަދަލުތަކެވެ. އެގޮތުން ސޯޝަލް މީޑިއާގެ ސަބަބުން ދުރުގައި ތިބޭ މީހުންނާ ގުޅުން ބަދަހިކުރުން ފަސޭހަވެފައިވީ ނަމަވެސް، ގާތުގައި ތިބޭ މީހުންނާ އޮންނަ ގުޅުން މިވަނީ ހީނަރުވާން ފަށާފައެވެ.
އާއިލީ ސަކަރާތާއި، ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ވެސް ކޮންމެ މީހަކު ވަނީ އެމީހެއްގެ އަމިއްލަ ފޯނަށް ގެއްލިފައެވެ. މިއީ "އެކުގައި ތިބެމެ އެކަނިވެރިވުން" ކަމަށް ބުނެވިދާނެއެވެ. މީގެ އިތުރުން، އެހެން މީހުންގެ ފުރިހަމަ ދިރިއުޅުން ފެނުމުން، އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ކުޑަވާން ފަށައެވެ. މީގެ އިތުރުން ވެސް އަހަރުމެންގެ ދިރިއުޅުމަށް މިވަނީ އެތައް ބަދަލުތަކެއް ވަނީ އައިސްފައެވެ.
އެގޮތުން އަހަރުމެންގެ އަގުހުރި އެތައް ގަޑިއިރެއް ސޯޝަލް މީޑިއާގައި ސްކްރޯލް ކުރުމުގައި ހޭދަވެގެންދެއެވެ. މަސައްކަތުގެ މާހައުލުގައި ވިޔަސް ނުވަތަ ކިޔަވާ ކުއްޖެއްގެ ކިޔެވުމުގައި ވިޔަސް، ނޮޓިފިކޭޝަނެއް އަންނަ ކޮންމެ ފަހަރަކު ސަމާލުކަން ގެއްލިގެންދެއެވެ. މީގެ ސަބަބުން ކަންކަމަށް ދޭންޖެހޭ ފުރިހަމަ ސަމާލުކަން ނުދެވި، އުފެއްދުންތެރިކަން ދަށްވެގެންދެއެވެ.
ނިދުމުގެ ކުރިން ފޯނު ބޭނުންކުރުމަކީ ނިދި މަދުވުމަށް މެދުވެރިވާ މުހިންމު ސަބަބެކެވެ. ފޯނުން ބޭރުވާ ނޫ އަލީގެ ސަބަބުން ނިދަން އެހީތެރިވާ ހޯރމޯންތަކަށް ބަދަލު އާދެއެވެ. މީގެ އިތުރުން، ގިނަ ވަގުތު އެއް ތަނެއްގައި އިށީނދެގެން އިނުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ކަރުގެ ރިހުން ފަދަ ސިއްހީ މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ. އެހެން ކަމުން މި ނުބައި އާދަ ކަނޑުވާލުމަށް 4 ކަމެއް މި ލިޔުމުގައި ހިއްސާ ކޮށްލާނަމެވެ.
1. ފޯނު ބޭނުން ކުރުމަށް ވަކި ވަގުތުތަކެއް ކަނޑައެޅުން:
ދުވާލުގެ ވަކި ވަގުތުތަކެއްގައި ސޯޝަލް މީޑިއާ ބޭނުންކުރާނެ ވަގުތު ކަނޑައަޅާށެވެ. މިސާލަކަށް ކެއުމުގެ ވަގުތުތަކުގައާއި، ނިދުމުގެ އެއް ގަޑިއިރު ކުރިން ފޯނު ބޭނުންކުރުން ހުއްޓާލާށެވެ. ގިނަ ފޯނުތަކުގައި މިހާރު "އެޕް ޓައިމާ" ބޭނުންކުރެވޭނެ އިންތިޒާމް ހުރެއެވެ.
2. ފޯނަށް އަންނަ ނޮޓިފިކޭޝަންތައް މަދުކުރުން:
ކޮންމެހެން މުހިންމު އެޕްލިކޭޝަނެއްގެ ނޫނީ ނޮޓިފިކޭޝަންތައް އޮފްކޮށްލާށެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު ފޯނު ރިންގުވުމުން ނުވަތަ ދިއްލުމުން ފޯނަށް ބަލަންޖެހޭ މިންވަރު މަދުވެ، ކުރާ މަސައްކަތަށް ދޭ ސަމާލުކަން އިތުރުވާނެއެވެ.ހަގީގީ ދުނިޔޭގެ ގުޅުންތަކަށް އިސްކަންދިނުން:އާއިލާ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ވަގުތު ހުސްކުރާށެވެ. ފޯނުން މެސެޖު ކުރުމުގެ ބަދަލުގައި މީހުންނާ ސީދާ ބައްދަލުކޮށްގެން ވަގުތު ހޭދަކުރުމުން ނަފްސާނީ ހިތްހަމަޖެހުން ލިބިގެންދާނެއެވެ.
3. އާ ހުނަރެއް ނުވަތަ ހޮބީއެއް އިޚްތިޔާރުކުރުން:
ފޯނަށް ގެއްލިފައި ހުންނަ ވަގުތުތަކުގައި ފޮތްކިޔުން، ކަސްރަތުކުރުން ނުވަތަ ބަގީޗާ ހެދުން ފަދަ ފައިދާހުރި ކަމެއްގައި މަޝްއޫލުވާށެވެ. މީގެ ސަބަބުން ސިކުނޑިއަށް ތާޒާކަން ލިބި، ސޯޝަލް މީޑިއާއަށް ބަރޯސާވާ މިންވަރު ކުޑަވާނެއެވެ.
4. ހަގީގީ ދުނިޔޭގެ ގުޅުންތަކަށް އިސްކަންދިނުން:
އާއިލާ މީހުންނާއި ރައްޓެހިންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ވަގުތު ހުސްކުރާށެވެ. ފޯނުން މެސެޖު ކުރުމުގެ ބަދަލުގައި މީހުންނާ ސީދާ ބައްދަލުކޮށްގެން ވަގުތު ހޭދަކުރުމުން ނަފްސާނީ ހިތްހަމަޖެހުން ލިބިގެންދާނެއެވެ.
ސޯޝަލް މީޑިއާއަކީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. ނަމަވެސް، އޭގެ ބޭނުން ހިފާ ގޮތަކުން އަޅުގަނޑުމެންގެ ދިރިއުޅުމަށް ހެޔޮ ނުވަތަ ނުބައި އަސަރު ކުރެއެވެ. މުހިންމީ ސޯޝަލް މީޑިއާ އަޅުގަނޑުމެންގެ މައްޗަށް ބާރު ފޯރުވުމުގެ ބަދަލުގައި، އަޅުގަނޑުމެން އެ ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވައި، ދިރިއުޅުމުގެ ހަމަޖެހުން ގާއިމްކުރުމެވެ.
