ކޮންމެ ދުވަހަކުވެސް ތަފާތު ފޮނިކާ ބާވަތެއް ރޯދަ މަހުގެ ސުފުރާ މަތިން ފެނުމަކީ ދިވެހީންގެ ތެރޭގައި ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޮންމެ ދުވަހަކު ފޮނިކާ ތަކެތި ތައްޔާރު ކުރާއިރު ބޮޑު ހަރަދަކާއި ވަރަށް ވަގުތު ދެއެވެ.
އެހެން ކަމުން މިއަދު 'ޕްރެސް ބަދިގެ' ސެގްމެންޓުގައި ވެސް މި ގެނެސްދެނީ ތަފާތު އެކަމަކު ފަސޭހައިން ތައްޔާރު ކޮށްލެވޭ ވަރަށް ހަރަދު ކުޑަ ފޮނިކާ ބާވަތެއް ކަމަށްވާ 'ނަޓެއްލާ ބްރެޑް ރޯލްސް' އެވެ.
ބޭނުންވާ ތަކެތި:
- ޕާން
- ނަޓެއްލާ ސްޕްރެޑް
- ކުކިންގް ޗޮކްލެޓް
- ޕީނަޓް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ރޮށި ދަމާ ފޯލިން ޕާން ފޮތިތައް ރީތިކޮށް ދަމާލާނީއެވެ. ބޭނުން ނަމަ ޕާނުގެ ކައިރިފަށް ނެގުމަށްފަހު ވެސް މިކަން ކުރެވިދާނެއެވެ. އަދި ކޮންމެ ޕާން ފޮއްޗެއްގައި ނަޓެއްލާ ސްޕްރެޑް ހާކާލުމަށްފަހު ޕާން ފޮތި އޮޅާލާނީއެވެ. އަދި ވަކި ތައްޓެއްގައި ކުކިން ޗޮކްލެޓް މެލްޓް ކުރުމަށްފަހު ޕީނަޓްތައް ވަޅިން ކުދިކޮށްލުމަށްފަހު ޗޮކުލެޓް ކޮޅާ އެއްކޮށްލާނީއެވެ.
އެއަށްފަހު ކުރިން ތައްޔާރު ކުރި ރޯލްތަކުގެ ބޭރުގައި ރީތިކޮށް ޗޮކުލެޓް ހޭކުމަށްފަހު ފިނި ކުރުމުން ނަޓެއްލާ ބްރެޑް ރޯލްސް ތައްޔާރުވީއެވެ. ބޭނުން ނަމަ ޗޮކްލެޓް މެލްޓު ކުރާއިރު ބަދަނުގެ ބާވަތެއް އެއްކޮށްލެވިދާނެއެވެ.
