މިންޓު މޮހީޓޯއަކީ ހޫނު ގަދަ ދުވަސްތަކުގައި ކެއުމަކާއެކު ނުވަތަ ހުސް ވަގުތުތަކުގައި ބޯލަން ވަރަށް ތާޒާކަން ގެނެސްދޭ، މީރު ބުއިމެކެވެ. މިއީ ރޯދަ ވީއްލާއިރުވެސް ބޯލަން ރަނގަޅު ބުއިމެކެވެ. ކުދީނާ ފަތާއި ލުނބޯ އެކުލެވޭ މި ބުއިމަކީ އޭގެ މީރު ވަހާއި، ފިނިކަމުގެ ސަބަބުން ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބުއިމެކެވެ.

ތިރީގައި މިވަނީ ވަރަށް ފަސޭހައިން ގޭގައި މި ބުއިން ތައްޔާރުކޮށްލެވޭނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 10-12 ކުދީނާ ފަތް (މިންޓު ފަތް)
  • ½ ލުނބޯ (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ހަކުރު (ނުވަތަ ރަހަލާވަރަށް)
  • 1 ޖޯޑު ސޮޑާ ވޯޓާ ނުވަތަ ސްޕްރައިޓްއައިސް ކިއުބް (ބޭނުންވާ މިންވަރަކަށް)
  • ކުޑަ ލޮނުކޮޅެއް (ބޭނުންނަމަ)

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަށީގެ ތެރެއަށް ކުދީނާ ފަތްތަކާއި، ކޮށާފައި ހުރި ލުނބޯ ފޮތިތައް އަދި ހަކުރު އަޅާށެވެ. ސަމުސަލެއް ބޭނުންކޮށްގެން، ތަށީގެ ތެރޭގައި ހުރި ތަކެތި މަޑުމަޑުން ފިއްތާލާށެވެ (މަޑުކޮށްލާށެވެ). މިހެން ހެދުމުން ކުދީނާ ފަތުގެ މީރުވަހާއި ލުނބޯގެ ހުތްކަން ހަކުރާ އެކު ރަނގަޅަށް މިކްސް ވެގެންދާނެއެވެ.

ދެން އޭގެ ތެރެއަށް ބޭނުންވާ މިންވަރަށް އައިސް ކިއުބް އަޅާށެވެ. އެއަށްފަހު، ތަށި ފުރެންދެން ފިނިކޮށްފައި ހުރި ސޮޑާ ނުވަތަ ސްޕްރައިޓް އަޅާށެވެ. ސަމުސަލަކުން ރަނގަޅަށް އެއްކޮށްލުމަށްފަހު، މައްޗަށް ކުދީނާ ފަތެއް ނުވަތަ ލުނބޯ ފޮއްޗެއް ލައިގެން ޒީނަތްތެރިކޮށްލާށެވެ.

މިހާރު މިވަނީ އަރާމުކަން ގެނެސްދޭނެ ތާޒާ މިންޓު މޮހީޓޯއެއް ތައްޔާރުކޮށް ނިމިފައެވެ. ގިނަ ވަގުތު ބަހައްޓައިފިނަމަ އޭގެ ތާޒާކަން ކެނޑިދާނެތީ، ތައްޔާރުކުރާ ގޮތަށް ބޯލުން ރަނގަޅެވެ.