14 ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން އެމްޓިސީސީއާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ.

އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެމްޓީސީސީއާއި ހަވާލު ކުރި 14 މަޝްރޫއަކީ:

  1. ނ. މާފަރު ހިއްކި ބިމުގައި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 63.35 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  2. ކ. ގާފަރު ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 64.30 މިލިއަން ރުފިޔާއަށް 270 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  3. ހއ. ފިއްލަދޫ ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 24.07 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  4. ގދ. ފަރެސްމާތޮޑާގެ ދެ ވަނަ ފިޔަވަހީގެ މަގުހެދުން - މިއީ 255.21 މިލިއަން ރުފިޔާއަށް 1140 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  5. ރ. އަލިފުށި އިންޑަސްޓްރިއަލް ޒޯން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 106.14 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  6. ހއ. އިހަވަންދޫ އާޓިފިޝަލް ބީޗު ތަރައްގީކުރުން - މިއީ 54.80 މިލިއަންރުފިޔާއަށް 330 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  7. ނ. ހެނބަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 91.94 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  8. ނ. ހޮޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 103.28 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  9. ނ. މާޅެންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 63.62 މިލިއަން ރުފިޔާއަށް 160 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  10. ދ. ބަނޑިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 221.95 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
  11. ހއ. ވަށަފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 242.65 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް
ރަށްރަށުގެ ޕްރޮޖެކްޓުތައް އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު

12. ގއ. ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން - މިއީ 183.77 މިލިއަން ރުފިޔާއަށް 420 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް

13. ރ. އުނގޫފާރު ބަނދަރު ތަރައްގީކުރުން - މިއީ 139.73 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް

14. ހއ. މުރައިދޫ ބަނދަރު ބޭރުތޮށި ތަރައްގީކުރުން - މިއީ 54.80 މިލިއަން ރުފިޔާއަށް 330 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެއް

މި މަޝްރޫއުތަކުގެ އަގު 1.7 ބިލިއަން ރުފިޔާއަށް އަރާއިރު މި މަޝްރޫއުތައް ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަކީ އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމަށް އެ ކުންފުނިން ބުނެއެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީއިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ.