މީހެއްގެ ވައިބަާ އެކައުންޓް ހެކްކޮށް، އެމީހާގެ ނަމުގައި އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އެއްލައްކައަށް ވުރެ ގިނަ ފައިސާ ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިީ މިި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހމ. ފަރުމާވިލާ / މާލެ، ހުސައިން ފާރިޝް ޢުމަރު (22އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ޑިސެންބަރު 17 ވަނަ ދުވަހު ކަމަށް ދުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މީހެއްގެ ވައިބަ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ މީހާގެ ނަމުގައި އެކި ފަރާތްތަކާ ވާހަކަދައްކާ، މަކަރާ، ހީލަތުން އެކި ފަހަރު މަތިން 150،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ ފައިސާގެ ތެރެއިން ބައެއް ނަގާފައިވާ މައްސަލައިގައި މިހާތަނަށް ޖުމުލަ ހަތަރު މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި މީގެކުރިން ހައްޔަރުކޮށްފައިވަނީ، ހމ.ފްލެޓް ނަންބަރ 06-2-39 / މާލެ، ހަސަން އަޒުރާހު (39އ) އާއި، ގ. މާލޭހިޔާ 1-16-03 / މާލެ، އަހްމަދު ހައްސާން (33އ) އާއި، ނ. މަނަދޫ / ވެށި، ހުސައިން ސަމާހު (33އ) އެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
