މިރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން މީޑީއާއަށް ފޮނުވި މެސެޖެއްގައި ބުނީ މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ފޭސް 2، ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެން ކަމަށެވެ. އިތުރަށް ފުލުހުން ބުނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އަދި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި އެކަކު ނިޔާވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި ނިޔާވީ ކ. ދިއްފުށީ، ލައިޓްގާޑަން އިސްމާއީލް ރަޔާން ބިން ނާޒިމް (19އ) ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު އަދި ފުލުހުން ހާމަކޮށްފައިނުވެއެވެ.