ޔޫކްރައިން ހަނގުރާމަ ހުއްޓުވުމަށް ބާރު އެޅުމަށްޓަކައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އާ ބައްދަލު ކުރެއްވުމަށް ފަހު އަންނަ ހޯމަ ދުވަހު ޒެލެންސްކީ އެމެރިކާ އަށް ގެންދަން ޓްރަމްޕް ނިންމައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ, ރަޝިއާއާ ކައިރީގައި އޮންނަ އަލަސްކާގައި ޕުޓިންއާ ބައްދަލު ކުރެއްވުމަށް ފަހު އެ މައްދަލުވުމުގެ ކާމިޔާބީ ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ, އަންނަ ހޯމަ ދުވަހު އޯވަލް އޮފީހުގައި ޒެލެންސްކީ އާ ބައްދަލު ކުރައްވާނެ ކަމަށެވެ.
އެނަލިސްޓުން ބުނާގޮތުގައި, ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމަކީ އެއްގޮތަށް ވުރެ ބޮޑަށް އެތައް ގޮތަކުން ކާމިޔާބު ބައްދަލުވުމެވެ. އެއީ އެ ބައްދަލުވުން ހިނގާފައި ވަނީ, ދުނިޔޭގެ އެންމެ ބޮޑު ދެ ނިއުކްލިއާ ބާރުގެ ދެމެދުގައި ކަމަށް ވުމާއި އެ ދެފަރާތް ސުލްހަ ވުމަކީ 3 ވަނަ ބޮޑުހަނގުރާމައެއް ހިނގިޔަ ނުދީ ދުނިޔެ ސަލާމަތް ކުރެވިގެން ދާނެ ގޮތް ކަމަށެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ, އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތެރެއިން ގިނަ ކަންކަމަށް އެއްބަސްވެވިފައި ވާ ކަމަށާއި ދެން ހުރި ބޮޑެތި ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރިއަށް ދާނެ ކަމަށެވެ.
3 ގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުމަށް ފަހު ޒެލެންސްކީ ވައިޓްހައުސް އަށް ވަޑައިގަންނަވާ އިރު ޓްރަމްޕާއި ޕުޓިންގެ ބައްދަލުވުމާ ގުޅިގެން ޔޫކްރައިން އަށް މަދަދު ދޭ ޔޫރަޕުން ބުނެފައި ވަނީ, ޔޫކްރައިންގެ ބިމުން ބައެއް ރަޝިއާއަށް ދޫކޮށްލަން އެއްބަސް ނުވެވޭނެ ކަމަށާއި, ނޭޓޯ އަދި އީޔޫ އާ ގުޅުމުގެ ފުރުސަތު ޔޫކްރައިން އަށް ދިނުމަށާއި, ޔޫކްރައިންގެ އަސްކަރިއްޔާ ބޭނުންވާ ފުޅާމިނެއްގައި ހަރަކާތްތެރި ވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ޔޫކްރައިން އާއި ރަޝިއާގެ ހަނގުރާމައި ރަޝިއާއިން ވަނީ ޔޫކްރައިންގެ ބިމުގެ 5 ޕަސެންޓް ހިފާފައެވެ. ރަޝިއާ އިން ބުނަނީ, ހިފި އެއްވެސް ބިމެއް ދޫނުކުރާނެ ކަމަށާއި, ސުލްހަ އަށް އެއްބަސް ވެވޭނީ އެ ގޮތާ ޔޫކްރައިން އިން ރުހިގެން ކަމަށެވެ.