މިވަގުތު ރާއްޖޭގައި ހުރި ސްރީ ލަންކާގެ ކުރީގެ މިނިސްޓަރު ނަމާލް ރަޖަޕަކްސަ ހައްޔަރު ކުރުމަށް ސްރީ ލަންކާގެ ކޯޓަކުން އަމުރެއް ނެރެފިއެވެ.

ސްރީލަންކާގެ ހަމްބަންޓޯޓާ މެޖިސްޓްރޭޓް ކޯޓުން ނަމާލް ހައްޔަރު ކުރަން މިއަދު އަމުރުނެރެފައި ވަނީ ކޯޓަށް ހާޒިރުވާން އޭނާގެ މައްޗަށް ކުރި އަމުރަށް ކޯޓަށް ހާޒިރުވެވަޑައިނުގަތުމާ ގުޅިގެންނެވެ.

ނަމާލްގެ މައްޗަށް ކުރެވެނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާކޮށްފައެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ ވަޑައިގަތީ މިއަދު ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ ވެސް ރާއްޖެ ވަޑައިގެން ފްލައިޓުންނެވެ. ލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމުގައިވީ ނަމަވެސް ނަމާލް ރާއްޖެ ވަޑައިގެންފައި ވަނީ އަމިއްލަ ދަތުރެއްގައި ކައިވެނި ޕާޓީއެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވެސް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ނަމާލް ވަނީ މީގެކުރިން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް އަދާކުރައްވައިފައެވެ. އަދި ލަންކާގެ ޔޫތު މިނިސްޓަރުގެ މަގާމު ވެސް އަދާކުރެއްވި ނަވާލް ޑިސެނަޔަކަ ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވެވިއެވެ.