ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާގެ އިމާރާތް އަޅަން އެ ގައުމުގެ ސަރުކާރާއެކު ސޮއިކޮށްފި އެވެ.

50 ރަށެއްގައި ކައުންސިލް އިމާރާތް އަޅަން ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފައިވާއިރު ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ސަފީރު ކޮންގް ޒިއަންހުއާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

މި މަޝްރޫއުގެ ދަށުން 50 ކައުންސިލް އިމާރާތެއް ޑިޒައިންކުރުމާއި އެޅުން ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެވެ. ޗައިނާގެ އެހީގައި ކައުންސިލް އިމާރާތް އަޅާ ރަށްތަކަކީ، ހއ. ވަށަފަރު، ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހދ. ކުމުންދޫ، ހދ. ނޭކުރަންދޫ، ހދ. ވައިކަރަދޫ އަދި ށ. ފޭދޫ އެވެ.

އަދި ހަމަ އެހެންމެ ށ. ކޮމަންޑޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ނ. ހެނބަދޫ، ނ. ޅޮހި، ނ. ފޮއްދޫ، ނ. މަނަދޫ، ނ. މަގޫދޫ، ނ. ލަންދޫ، ރ. ވާދޫ، ރ. ހުޅުދުއްފާރު، ބ. ކަމަދޫ، ބ. ކުޑަރިކިލު، ބ. ފެހެންދޫ، ބ. އޭދަފުށި، ބ. ތުޅާދޫ، ބ. ކިހާދޫ، ޅ. ކުރެންދޫ، ކ. ހިންމަފުށި، ކ. ކާށިދޫ، ކ. ގުރައިދޫ، ކ. ތުލުސްދޫ، ކ. ގާފަރު، އދ. ކުނބުރުދޫ، އދ. މަހިބަދޫ، އދ. ފެންފުށި، މ. މުލި، މ. ދިއްގަރުގެ އިތުރުން މ. މުލައް ވެސް ހިމެނެއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިމާރާތް އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

މީގެ އިތުރުން ވެސް ހިމެނެނީ ފ. ފީއަލި، ދ. ހުޅުދެލި، ދ. ބަނޑިދޫ، ތ. އޮމަދޫ، ތ. ގާޑިއްފުށި، ތ. ބުރުނީ، ތ. ގުރައިދޫ، ތ. ވޭމަންޑޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. މާވަށް، ގއ. މާމެންދޫ، ގއ. ނިލަންދޫ އާއި ގދ. މަޑަވެލި އެވެ.

ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލް އިދާރާގެ އިމާރާތް އަޅަން ސޮއިކޮށްފައިވާއިރު ރާއްޖޭގެ 55 ރަށެެއްގައި ކައުންސިލް އިމާރާތް އެޅުމަށް ދިވެހި ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާ މިއަހަރު ތެރޭ ވަނީ ހަވާލުކޮށްފައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލްގެ އިދާރާ އިމާރާތް ކުރުމަށް ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ.

ރަށްރަށުގައި ހުންނަ ކައުންސިލް އިދާރާތައް ބާވެ ބޭނުން ނުކުރެވޭ ހާލަތުގައި ހުރި ތަންތަން އާބާތުރަ ފިލުވާ، އެތަންތަން ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއްވެސް މެއެވެ.