ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، އެއްވެސް މީހަކު ތަފާތު ނުކުރާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރާކަމަށާއި އަދި ނުވަސް ކުރާނެކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޮއޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ މާލޭގެ ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޒުވާނަކު ވެއްޓުނު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ އަންހެން މީހާ ރޭޕްކޮށް 'ވައްޓާލީ" ކަމަށް ތުހުމަތުކޮށް އެކަމުގައި ޝާމިލުވަނީ ސަރުކާރާ ގުޅުން ހުރި ފަރާތްތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

މި ހާދިސާއަށް 5 ދުވަސް ފާއިތުވެ ދިޔަ އިރުވެސް މި މައްސަލައިގައި ޝާމިލުވާ ފަރާތްތައް ހައްޔަރުކޮށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.