2003 ވަނަ އަހަރު ޝާހްރުކް ހާން އާއި ކަރީނާ ކަޕޫރު ފެނިގެންދިޔަ ފިލްމު "އަސޯކާ" ގެ މޭކަޕް ޓްރެންޑް ޓިކްޓޮކްގައި ވައިރަލް ވެއްޖެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން މި މޭކަޕްކޮށް ޓިކްޓޮކް ހަދާފައި ވާއިރު ރާއްޖޭގެ ސެލެބްރިޓީން ވެސް ވަނީ މި މޭކަޕް ކޮށްފައެވެ. މި ލަވައާއެކު މޭކަޕް ޓިކްޓޮކްގައި ވައިރަލް ވީ ސުވަރްނާދްވިޕާ ކިޔާ އާޓިސްޓެއް މި މޭކަޕްކޮށް ޓިކްޓޮކަށް ދޫކޮށްލުމާއެކުގައެވެ. އެއާއެކު މި ޓްރެންޑް ވައިގައި ހިފިއެވެ.

ފިލްމުގައި ކަރީނާ ކޮށްފައިވާ މޭކަޕްއާއި އޭނާ އަޅައިގެން ހުރި ގަހަނާ ކަހަލަ ގަހަނާ ބޭނުންކޮށްގެން މީހުން ވަނީ ޓިކްޓޮކް ކުޅެފައެވެ. މަޝްހޫރު ގިނަ މޭކަޕް އާޓިސްޓުންނެއް މި ޓްރެންޑްގައި ބައިވެރިވެފައިވާއިރު އެ ވީޑިއޯތަކަށް މިލިއަނުން ލައިކްސްވެސް ލިބިފައިވެއެވެ. މިހާތަނަށް 23،000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ މި ޓިއުޓޯރިއަލް އަށް އުފައްދައިފަ އެވެ.

އުރިޔާ ސަރުކާރުގެ ވާރިސެއް ކަމަށްވާ އަސޯކާ އަރުވާލަން ފޮނުވާލަނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ސުސިމާއާ އެކު ހަނގުރާމަ ކުރި ކަމަށް ބުނެ އެވެ. ދެކުނުގެ ހިސާބަކަށް ދަތުރުކުރަމުން ދަނިކޮށް ކަލިންގާގެ ޕްރިންސެސް ކައުރްވާކީއާ އަސޯކާ ބައްދަލުވެ ދެމީހުން ލޯބިވެއެވެ. މިއީ އަސޯކާ ފިލްމުގެ ކުރު ހުލާސާއެކެވެ. މި ފިލްމު ބަލަން ބޭނުންނަމަ ނެޓްފްލިކްސް އިން މި ފިލްމު ބަލައިލެވޭނެއެވެ.