އއ. ފެރިދޫ އަދި ފ. މަގޫދޫގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި ދެ ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އިބްރާހިމް ނިޔާޒްއެވެ. އަދި ބަދަހި އިންވެސްޓްމަންޓް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޝިއުސް ފަރީދުއެވެ.

އއ. ފ. މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ބަދަހި އިންވެސްޓްމަންޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ފުޓުބޯޅަ ދަނޑު ތަރައްގީކުރަން ބަދަހި އިންވެސްޓްމަންޓާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރަށްރަށުގެ ކުޅިވަރުގެ ވަސީލަތްތައް ހަރުދަނާކޮށް، ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، އއ. ފެރިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 6،740،307.37 ރުފިޔާއަށެވެ.

މީގެއިތުރުން ފ. މަގޫދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ އަގަކީ 8،799،246 ރުފިޔާއެވެ.

މި ދެ މަޝްރޫއުގެ ސަބަބުން ފެރިދޫ އަދި މަގޫދޫގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ އިތުރުން ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ފުޓުބޯޅަ މުބާރާތްތައް ބޭއްވުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.