މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ތިން ވަނަ އިންގްލޭންޑް ހޯދައިިފިއެވެ. އިންގްލޭންޑް ތިން ވަނަ ހޯދީ 6-4 އިން ފްރާންސް ބަލިކޮށްގެންނެވެ.

ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑުން ވަނީ 4 ލަނޑު ޖަހާފައެވެ. މިގޮތުން އެހާފްގައި ޑެކްލައިން ރައީސް އަދި ކޮންޒާ ލަނޑެއް ޖެހި އިރު އާސަނަލްގެ ފޯވަޑް ބުކާޔޯ ސާކާ ވަނީ ދެ ލަނޑު ޖަހާފައެވެ.

މިމެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ އިންގްލޭންޑްގެ ރައީސް އަދި ކޮންސާ/ފޮޓޯ: އެކްސް

އެހެން ނަމަވެސް، ދެވަނަ ހާފް ފެށުނުތަނާ ހެން ފްރާންސުން ވަނީ ސްކޯލައިންގެ ފަރަގު ކުޑަކޮށްފައެވެ. މި ގޮތުން، ކެޕްޓަން ކިލިއަން އެމްބާޕޭ ދެލަނޑު ޖެހި އިރު އޭނާ ވަނީ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މިގޮތުން، އެމްބާޕޭ މި މިމުބާރާތުގައި އެކަނި ވެސް 10 ގޯލު ޖަހާފައިވާ އިރު އޭނާ އެންމެ ގިނަ ލަނޑު ޖެހި ޗާޓުގެ އެއްވަނައިގައި އުޅެނީ 22 ގޯލާއެކީއެވެ.

އެމްބާޕޭ އަކީ މިހާރު ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ/ފޮޓޯ: އެކްސް

އެމްބާޕޭގެ ދެލަނޑަށް ފަހު ސްކޯ 4-3 އަށް ހެދީ ޕީއެސްޖީއަށް ކުޅޭ ބްރެޑްލީ ބާކޮލާއެވެ.

އެއަށް ފަހު ދެން ފެނުނީ އިންގްލޭންޑްގެ ސަކާ ހެޓްރިކް ހެދިތަނެވެ. އޭނާ ހެޓްރިކް ހެދީ މެޗުގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މިމެޗުގައި ސާކާގެ ހެޓްރިކްއެއް ފެނިގެން ދިޔަ/ފޮޓޯ: އެކްސް

މެޗުގެ ސްކޯ 5-3 ގައި އޮއްވާ ފްރާންސުން އަނެއްކާވެސް ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 96 ވަނަ މިނެޓްގައި އުސްމާން ޑެމްބެލޭއެވެ.

އެހެން ނަމަވެސް އޭނގެ ދެ މިނެޓް ފަހުން އިންގްލޭންޑްގެ ޖޫޑް ބެލިންގްހަމް ވަނީ ލަނޑެއް ޖަހާ އިންގްލޭންޑަށް މުބާރާތުގެ ތިން ވަނަ ކަށަވަރުކޮށް ދީފައެވެ. މިއީ އޭނާ މުބާރާތުގައި ޖެހި 6 ވަނަ ލަނޑެވެ.

މިއީ 1966 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދިފަހުން އިންގްލޭންޑަށް ވޯލްޑްކަޕްގައި ލިބުނު އެންމެ މަތީ ކާމިޔާބީއެވެ.