ވޯލްޑްކަޕްގައި ބައިކޮޅަށް އެންމެ ގިނަ ލަނޑު ޖެހި ރިކޯޑް މިފަހަރުގެ މުބާރާތުގައި މުގުރާލައިފިއެވެ. މިގޮތުން، މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2026 ގައި ޖުމްލަ 14 އޯން ގޯލް ވަނީ ޖާހަފައެވެ.
މީގެ ތެރެއިން 12 ގޯލު ފެނިގެން ދިޔައީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައެވެ. އަދި ދެވަނަ ބުރުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުގައި ވެސް ބައިކޮޅަށް ޖެހި ދެލަނޑު ފެނިގެން ދިޔައެވެ.
މީގެ ކުރިން ބައިކޮޅަށް އެންމެ ގިނަ ގޯލު ވަދެފައިވަނީ 2018 ވަނަ އަހަރުގެ މުބާރާތުގައެވެ. އެފަހަރު ޖުމްލަ 12 ގޯލު ބައިކޮޅަށް ވަތް އިރު އޭނގެ ކުރީގެ މުބާރާތްތަކުގައި އެވްރެޖްކޮށް ބައިކޮޅަށް ވަންނަނީ ދެ ނުވަތަ ތިން ގޯލެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގައި ވެސް ޓީމުތަކުން ބައިކޮޅަށް ޖެހީ އެންމެ ދެ ގޯލެވެ.
އިޖިޕްޓްގެ ހާނީ އަށް މި ލިބުނީ އާދިޔާ ހިލާފު ރިކޯޑެއް
ރޭ މުބާރާތުގެ ދެވަނަ ބުރުގައި އިޖިޕްޓާ އޮސްޓްރޭލިޔާ ވާދަކުރި މެޗުގައި އިޖިޕްޓްގެ މުހައްމަދު ހާނީގެ ބޮލުގައި ޖެހި ބޯޅަ ބައިކޮޅަށް ވަތް އިރު ހާނީއަށް މިވަނީ ލަދުވެތި ރިކޯޑެއް ލިބިފައެވެ. މިމުބާރާތުގައި އިޖްޕްޓާ ބެލްޖިއަމް ކުޅުނު މެޗުގައި ވެސް ހާނީގެ އަތުން ބައިކޮޅަށް ގޯލެއް ވަތް އިރު ހާނީ އަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް އެއް މުބާރާތެއް ބައިކޮޅަށް ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.
